މާލީގެ ކުރީގެ ރައީސް އިބްރާހީމް ބޫބަކާރު ކެއިޓާ އަވަހާރަވެއްޖެއެވެ.

އުމުރުން 76 އަހަރުގެ ކެއިޓާ އަވަހާރަވީ މާލީގެ ވެރިރަށް ބަމާކޯގައި ހުންނަވަނިކޮށެވެ.

ކެއިޓާ އަވަހާރަވިކަން އޭނާގެ އާއިލާގެ މެމްބަރުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އަވަހާރަވި ސަބަބެއް އާއިލާއިން ހާމަނުކުރެއެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މާލީގެ ވެރިކަން ކުރެއްވި ބޫބަކާރު މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރު އެ ގައުމުގެ ސިފައިން ސަރުކާރާ ދެކޮޅަށް ތެދުވުމާ ގުޅިގެންނެވެ.

ލޭ އޮހޮރުވުމެއް ހިނގާފާނެތީ އިސްތިއުފާދެއްވި ކެއިޓާއާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނުރުހުން ފާޅު ކުރަން ފެށީ އެ މީހުންގެ މުސާރައާ ބެހޭ ދެބަސްވުމަކާ ގުޅިގެންނެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ކެއިޓާ އިސްތިއުފާދެއްވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ކެއިޓާ މާލީގެ ވެރިކަމަށް ވަޑައިގެންނެވީ އޭރު ބޭއްވި ރިޔާސީ އިންތިހާބުން 77 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ އަދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ގިނަ އަދަދެއްގެ މީހުން ދެކެން ފެށިއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ މަގުބޫލުކަން ދަށަށް ދިޔައެވެ.