އިންޓަވެއާ އިން މާބުލް ކިޗަންޓޮޕްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބަލާލަން "ޗާލު" ވުމުގެ އިތުރުން ވެސް އިންޓަވެއާއިން ވިއްކަމުން އަންނަ މާބުލް ސްޓޯންގެ އިތުރު ފައިދާތައްވެއެވެ. އެގޮތުން މާބުލްއަކީ ބަދިގެއަށް ވެސް ރައްކާތެރި، އެހެން ވައްތަރުތަކާ އަޅާ ބަލާއިރު ހޫނު ހިފެހެއްޓޭ ވަރުގަދަ ހިލައެކެވެ. އަދި ސާފުކޮށްލަން ވެސް އެހާމެ ފަސޭހަވެގެން ދެއެވެ.

އިންޓަވެއާ އިން ހިޔާ ފްލެޓަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ޗާލު ދޯ" ޕްރޮމޯޝަންގައި ވައިޓް މާބުލް ސްޓޯން އާއި ގްރޭ ގްރެނައިޓު ވިއްކަމުން އަންނަނީ ހިޔާ ފްލެޓުތަކަށް ހާއްސަކޮށްގެން ހަ ފޫޓު، ދެ ފޫޓުގެ ސައިޒެއްގައެވެ. ދާރަވެސް ހަދާފައިވާ މި ޝީޓްތަކަކީ ޕޮލިޝްކޮށްފައިވާ "ރެޑީމޭޑް" ކިޗަން ޓޮޕްތަކެކެވެ.

އެއް މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، އާންމު އަގަށްވުރެ ހެޔޮ އަގެއްގައި މާބުލް ލިބޭނެ ކަމަށް އިންޓަވެއާއިން ބުނެއެވެ. އެގޮތުން ޕްރޮމޯޝަންގެ ދަށުން ހަ ފޫޓު ދެ ފޫޓުގެ ވައިޓް މާބަލް 3900 ރުފިޔާއަށް ލިބޭނެއެވެ. އަދި ގްރޭ ގްރެނައިޓް 2200 އަށް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާބުލް ކިޗަންޓޮޕްގެ އިތުރުން އިންޓަވެއާއިން އަންނަނީ ކޮލިޓީ ރަނގަޅު ޓައިލްސް ވެސް ވިއްކަމުންނެވެ. އިންޓަވެއާއިން ވަނީ ހިޔާ މަޝްރޫއުގެ 200 އަށް ވުރެ ގިނަ ފްލެޓަށް ޓައިލްސް ފޯރުކޮށްދީ، ގިނަ ބައެއްގެ އިތުބާރު ހޯދައިފައެވެ.

އިންޓަަވެއާ ޝޯރޫމް ހުންނާނީ އަބަދަށް އުފާ މަގު، ހ. އޯލްވޭސް ހެޕީ ހައުސްގެ އެއް ވަނަ ފަންގިފިލާގައެވެ. އެތަނުން ވިއްކާ އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމަތު 7529940 / 9677400 އަށް ގުޅައިގެން ނުވަތައިންޓަވެއާގެ ފޭސްބުކް ޕޭޖުން ބަލައިލެވޭނެއެވެ. މާލެ، ހުޅުމާލެ، ފޭސް 2 އަދި ބޯޓުތަކަށްވެސް އިންޓަަވެއާ އިން ހިލޭ ޑެލިވަރީކޮށްދޭނެއެވެ.