ބްރިޖިން ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ އިފުތިތާހުކޮށްފިއެވެ.

މި ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރުއެވެ.

ބީސީއެމްއަކީ އަންހެނުން ބާރުވެރިކުރުވުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާއީ މަސައްކަތްތައް ކުރިއެރުވުމާއި، ތިމާވެށީގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމާއި، ޓެރަރިޒަމާއި ހަރުކަށި އަމަލުތަކާމެދު މުޖުތަމައު ހޭލުންތެރިކުރުވުމުގެ އިތުރުން ހެލްތު އެޑިއުކޭޝަން ކުރިއެރުވުށް އުފެއްދި ޖަމިއްޔާއެކެވެ.

ބީސީއެމް އިފްތިތާހުކޮށްދެއްވީ ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރް މުޚްތާރު -- ފޮޓޯ/ ބީސީއެމް

މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވާއިރު، ޖަމިއްޔާގެ އެގްޒެކިއުޓިވް ބޯޑުގެ އަށް މަގާމަކަށް މެންބަރުން އިންތިހާބުކޮށްފައިވެއެވެ. އެ ބޯޑަށް އިންތިހާބުވެފައިވަނީ މި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

މީގެ އިތުރުން ޖަމިއްޔާގެ މެންބަރުންނަށް ހާއްސަކުރެވިގެން ތަފާތު އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ "އެލީޓް ކާޑެއް" މި ރަސްމިއްޔާތުގައި ލޯންޗުކޮށްފައިވެއެވެ. މި ކާޑު ލޯންޗްކޮށްދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާއެވެ.

ބީސީއެމް ޖަމިއްޔާ އިއްޔެ ވަނީ އިފްތިތާހުކޮށްފަ -- ފޮޓޯ/ ބީސީއެމް

ބީސީއެމް އިފުތިތާހުކުރީ ސަތޭކައަށް ވުރެ ގިނަ އަންހެނުންގެ މެންބަޝިޕަކާއެގައެވެ.