10 Mar 2012, 10:14
މަސްތުވާތަކެއްޗާއެކު ރޭ މާލޭގެ ގެއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު ގަލޮޅު ގެއެއްގެ ތެރެއިން ބައި ކިލޯ މަސްތުވާތަކެއްޗާއި އެކު ފުލުހުން ހައްޔަރުކުރީ ގއ. ދާންދޫ، ޑޭޒީމާގޭ، މުހައްމަދު ޔަޒީދު،52 ކަމަށެވެ. މާލެއިން ޔަޒީދު ހައްޔަރު ކުރީ ގ. ވެޖްވުޑް އިންނެވެ.
އެ އޮފިޝަލް ވިދާޅުވީ އެމީހާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެނެ ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށާއި، މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭ ދަންވަރު ގަލޮޅު [ގ. ވެޖްވުޑް] ގެއެއްގެ ތެރެއިން ބައިކިލޯ މަސްތުވާތަކެއްޗާއި އެކު ފުލުހުން އޭނާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެނެ ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި. މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އާ ސަރުކާރުގެ ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ މިއަހަރު ފުލުހުން އެންމެ ބޮޑު ސަމާލު ކަމެއްދޭނެ އެއް ދާއިރާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކަށް ކަމަށެވެ.