14 Jan 2022, 15:04
އިންޑޮނޭޝިއާއަށް ބިންހެލުމެއް އަތުވެއްޖެ ކަމަށާއި، ނަމަވެސް ރާއްޖެއަށް އެކަމުގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ސުންޑާ ސްޓޭޓަށް ކަމަށެވެ.
މިއަދު މެންދުރު ދޭއް ޖަހާކަންހާއިރު 6.6 މެގްނިޓިއުޑުގެ ބާރުމިނުގައި އެ ބިންހެލުން އައީ އައްޑޫ ސިޓީއާ 3657 ކިލޯމީޓަރު ދުރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ މަހުގެވެސް އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައެވެ.
އިންޑޮނޭޝިއާގެ އައްސޭރިފަށަށް 7.3 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމެއްގެ ސަބަބުން އެގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
ނަމަވެސް މިއަދު އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައި ނުވެއެވެ.