13 Jan 2022, 19:25
މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓްވީ ސައިކަލެއްގައި އަޅުވައިފައި އޮތް ކޮތަޅެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއް ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވައިފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަލިކިލެގޭފާނު މަގުން ދަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ގޮސް މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، 16:30ހާއިރު ހިނގި މި އެކްސިޑެންޓުގައި ބަންގްލަދޭޝްގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެެ. އަދި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.
އެ ސައިކަލުން ފެނިފައިވަނީ ކިތައް ބަނގުރާ ފުޅިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މީގެ ކުރިން ވެސް އެކްސިޑެންޓްވާ ސައިކަލުތަކުން ބަނގުރާއާއި މަސްތުވާތަކެތި ވެސް ފެނިފައި އެބަހުއްޓެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.