09 Mar 2012, 23:19
މާފަންނު ވެސްޓް ޕާކް ރެސްޓޯރެންޓް ކައިރީގައި ހުންނަ ގެއެއްގައި ހިންގަމުން ދިޔަ މަސާޖު ޕާލާއެއްގައި ތައިލެންޑްގެ އަންހެނުންނާއި ދިވެހި ފިރިހެނުންތަކެއް ބަދުއަހުލާގީ އަމަލު ހިނަގަމުން ދަނިކޮށް ފުލުހުން މިރޭ އެތަނަށް ވަދެ ބަންދުކޮށްފި އެވެ.
މިރޭ ގާތްގާތްގަނޑަކަށް 10:30 އެހާކަންހާއިރު މ. ޝެރިފް ގޭގައި ހުންނަ "ހާބަލް ބިއުޓީ ސެލޫން" އަށް ފުލުހުން ވަދެ ބަންދު ކުރި އިރު ބަދު އަހުލާގީ އަމަލު ހިންގުމުގައި ބައިވެރިވި ތައިލެންޑްގެ ފަސް އަންހެނުން ވަނީ ހައްޔަރުކޮށް ބިޑ އަޅުވައިގެން ގެންގޮސްފަ އެވެ. އަދި އެތާގެ ތެރެއިން ދިވެހި ތިން ފިރިހެނަކު ވެސް ހައްޔަރު ކުރި އެވެ.
ހާބަލް ބިއުޓީ ސެލޫންނަށް ފުލުހުން ވަނުމާއެކު މިރޭ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވި އެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރެއިން ބިދޭސީން އަންހެނުންތައް ގެންދިޔައީ އެ އެންމެންގެ ތެރެއިން ކްލިޕް ބިޑި އަޅުވައިގެންވެ. ދިވެހި ތިން ފިރިހެނުން ހައްޔަރުކުރީ ފިރިހެނުންނެވެ. އެ ސެލޫންގެ ތެރޭގައި އަދި ވެސް ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.
ހާބަލް ބިއުޓީ ސެލޫން މިރޭ ބަންދު ކުރި އިރު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މަސާޖް ޕާލާތަކުގެ ނަމުގައި ރާއްޖޭގައި ހިންގަމުން ގެންދާތަންތަނާއި ބެހޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައްޔިތުން މިހާތަނަށްވެސް ހުށަހަޅާފައިވާ ކަމަށާއި އެތަންތަން ބަންދުކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މަސާޖް ކޮށްދޭ ތަންތަނުގެ ނަމުގައި އެކިއެކި ނަންނަން ކިޔައިގެން ރާއްޖޭގައި ހަށިވިއްކާތަންތަން ހުޅުވައިގެން ހިންގަމުންގެންދާ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާ ކަމަށާއި އެތަންތަނާ މެދު އެ މިނިސްޓްރީން ގެންގުޅޭނީ ވަރަށް ހަރުކަށި ވިއްނުމެކެވެ.