09 Mar 2012, 15:36
މާލެ އަތޮޅު ގިރާވަރު ރިސޯޓުގެ މޫދަށް މިއަދު އެރުނު ހަތަރު މީހަކު ގެނބިގެން ހޮސްޕިޓަލަށް ފޮނުވާ ފަރުވާ ދީފި އެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގެނބުނު ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ކޮންމެވެސް ވަރަކަށް ސީރިއަސް ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އެ މީހުން ގެނބިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރު 2.45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމު ވިދާޅުވީ ގެނބުނު މީހުންގެ ތެރޭގައި ހިމެނެނީ ތިން ޓޫރިސްޓުންނާއި ދިވެއްސަކު ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށެވެ.