09 Mar 2012, 11:21
ގދ. ގައްދޫ ފަޅުތެރޭގައި ހަތް އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މަރުވި ކުއްޖަކީ ގައްދޫ ކާނިގަސްދޮށުގޭ، ޝާހިލް އެވެ.
ފުލުސް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުޑަ ފިރިހެންކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ހެނދުނު 9:30 ހާއިރު ކަމަށާއި އެ ކުއްޖާ އަކީ އާއްމުކޮށް އަތިރިމައްޗަށް ގޮސް އުޅޭ ކުއްޖެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޝިޔާމް އިތުރަށް ވިދާޅުވީ އާއިލާއަށް އެކުއްޖާ މިއަދު ހެނދުނުވެސް ފެނިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުންދާތީ އެ ކުއްޖާގެ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.