08 Jan 2022, 14:43
އުމުރުން 10 އަހަރުގެ ދޮންދަރިއަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ ބުނީ، އެ މައްސަލަ ހުށަހަޅާފައިވަނީ ހއ، ހދ، ށ ހިމެނޭ ނޯތް ޑިވިޝަނަށް ރޭގެ ވަގުތެއްގައެވެ.
ހުށަހެޅިފައިވަނީ މި ސަރަހައްދުގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސާވިސް އިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.