އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައި ފެށި ނައިޓް މާކެޓް މިއަދު ހުއްޓާލިއެވެ. އެއީ އެޗްޕީއޭގެ އެންގުމެއްގެ ދަށުންނެވެ.

އެކަމާ ގުޅިގެން ނައިޓް މާކެޓްގައި ބައިވެރިވި ގިނަ ބަޔަކު ވަނީ އެޗްޕީއޭއާ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދީފައިވާކަމަށް ސިޓީއަކުން އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެ ކައުންސިލުން ދޫކުރާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނައިޓް މާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެޗްޕީއޭ އިން ހުއްދަ ދިނުމާއެކު ނައިޓް މާކެޓް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނީ ވަމުންނެވެ.