ކުރީގެ ރައީސް މުހައްމަދު ނަޝީދު ކ. ކާށިދޫއާއި ގާފަރަށް މިއަދު ވަޑައިގެންފި އެވެ.

މިއަދު މެންދުރު ނަޝީދު ފުރަތަމަ ވަޑައިގެންނެވީ ގާފަރަށެވެ. އެރަށުން އެމަނިކުފާނަށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެރަށައް ވަޑައިގެން ރަށުގެ މަގުތަކުގައި ހިންގަވާ އެ ރަށުގެ ބައެއް މީހުންނާ ބައްދަލުކުރައްވާ ހާލުއަހުވާލު އޮޅުންފިލުއްވި އެވެ. އެއަށް ފަހު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ ސިޔާސީ ދާއިރާއަށް ދުރަށް އެހާ އަވަހަށް ވަަޑައިނުގަންނަވާނެ ކަމަށާއި ސިޔާސީ ދާއިރާގައި ކާމިޔާބު ލިބިވަޑައިގެންނެވުމުގެ އުންމީދުގައި ހުންނެވި ކަމަށެވެ. އަދި ވިދާޅުވީ އިސްތިއުފާ ދެއްވީ މަޖުބޫރުވެޑައިގެން ކަމަށާއި މި އަހަރުތެރޭގައި އަވަސް އިންތިހާބެއް ބޭއްވޭނެ ކަމަށެވެ.

މިއަދު އިރުއޮސުމުން ނަޝީދު ދެން ވަޑައިގެންނެވީ އެ އަތޮޅު ކާށިދުއަށެވެ. އެރަށުންވެސް އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔެވެ.

ކާށިދޫގައި މިރޭ އެ ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ.

ނަޝީދު މާދަމާ ހެނދު ނ. މާފަަރަށް ވެސް ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.