އާދަޔާ ހިލާފަށް ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް ފެތުރެމުންދާތީ ހުޅުމާލޭ ލާލޭ އިންޓަނޭޝަނަލް ސްކޫލްގެ ޕްރީސް ސްކޫލް ގްރޭޑުގެ ކިޔެވުން މިއަދުން ފެށިގެން ބަންދުކޮށްފި އެވެ.

އެސްކޫލްގެ ސީނިޔާ އެޑްމިނިސްޓްރޭޓިވް އޮފިޝަރު މައުނޫނަތު އަބްދުﷲ މިއަދު ވިދާޅުވީ އެސްކޫލްގެ ޕްރީސް ސްކޫލް ކުދިންގެ ކިޔެވުން މިއަދު ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް ބަންދުކުރީ ފުޓްއެންޑް މައުތް ޑިޒީޒް އާދަޔާ ހިލާފަށް ފެތުރެމުންދާ ކަން ސްކޫލަށް ފާހަގަކުރެވިގެން ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ހަފްތާއެއްހާ ދުވަހު 14 ކުއްޖަކަށް އަދި މިހަފްތާގައި ހަތް ކުއްޖަކަށް އެބަލި ޖެހިގެން ހާޒިރު ނުވާ ކަމަށެވެ.

" ސްކޫލަށް އެބަލި ފެތުރެމުންދާކަން ފާހަގަކުރެވިގެން ޑޮކްޓަރެއްގެ ލަފާއެއްގެ މަތިން ޕްރީސް ސްކޫލް ކުދިންގެ ކިޔެވުން ބަންދުކުރީ. އިތުރަށް އެބަލި ފެތުރުނަ ނުދިނުމުގެ ގޮތުން،" މައިމޫނަތު ވިދާޅުވި އެވެ.


ލާލޭގެ ޕްރީސް ސްކޫލްގެ ކިޔެވުން ޓާމް ބެރޭކަށް ބަންދުކުރުމަށް އެ ސުކޫލުން ނިންމާފައި އޮތީ އޮތީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

އެ ސްކޫލުން ބުނީ ހޭންޑް ފުޓް އެންޑް މައުތް ޖެހިގެން ލާލޭ ޕްރީންސްކޫލް ބަންދުކުރި ނަމަވެސް ގްރޭޑް 1 އިން 10 އަށް ކިޔެވުން ކުރިއަށްދާނެ ކަމަށެވެ.