03 Jan 2022, 22:51
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 3،740 ސާމްޕަލްގެ ތެރެއިން 242 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކައި ގޮތުގައި މާލެއިން 97 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.
އަތޮޅު ތެރޭގެ ރަށްރަށުން 78 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު އަލަށް ޕޮޒިޓިވްވީ 66 މީހުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 96،294އަށް އަރާފައެވެ.
ރާއްޖޭގައި މިވަގުތު 2609 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެ ތެރެއިން 12 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދެމުންނެވެ.
މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅިން ފަސޭހަވި، މީހުންގެ ޖުމުލަ އަދަދަކީ 93،410އެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 262 މީހުން ވަނީ މަރުވެފައެވެ.