ހުޅުމާލޭ އޯޝަން ފްރަންޓް ރެސިޑެންސްގެ ސްވިމިން ޕޫލަށް ވެއްޓި ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ އޯޝަން ފްރަންޓް ރެސިޑެންސްގެ ސްވިމިން ޕޫލަށް އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން 5:40 ހާއިރު، އެ ކުއްޖާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ހުޅުމާލޭ ހޮސްޕިޓަލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ބެހޭގޮތުން އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.