03 Jan 2022, 22:10
މި ފެށުނު 2022 ވަނަ އަހަރާ ދިމާކޮށް، އަރާބީ ޕްރައިވެޓް ލިމިޓެޑްއިން ޕޯޗުގަލްގެ ކެންޑެރަލް ބްރޭންޑުގެ ޗޮކުލެޓު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
އަރާބީން ބުނީ ކެންޑްރަލް ބްރޭންޑުގެ ޗޮކުލެޓުތަކަކީ އެއަށް އިތުރަށް ހަކުރު އަޅައިފައިނުވާ، ޒީރޯ ޕަސެންޓް އެޑެޑް ޝުގާ ޗޮކުލެޓުތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޗޮކްލެޓްގެ ލަގްޒަރީ ރަހަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
ކެންޑެރަލް ބްރޭންޑުގެ ޗޮކުލެޓުތަކުގެ ތެރެއިން އަރާބީން އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ ރަހަމީރު ހަތަރު ވައްތަރެކެވެ. އެއީ މިލްކް ޗޮކްލެޓު، ޑާކް ޗޮކްލެޓު، ކްރިސްޕީ، މިލްކް & ނަޓް ޗޮކުލެޓުގެ އިތުރުން ފުރުޓް އެންޑް ނަޓް ފްލެވާއެވެ.
އަރާބީން މިހާރު ވިއްކަން ފަށައިފައިވާ މި ޗޮކުލެޓުގެ އެކި ސައިޒުތައް މިހާރު ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ކެލޮރީ ކޮންޓްރޯލް ކޮށްގެން ކާ މީހުންނަށް ހާއްސަ ބައިޓް ސައިޒް ޕެކް ވެސް ހިމެނެއެވެ.
ހަމައެހެންމެ ކެންޑެރެލް ޗޮކްލެޓްތަކަކީ ހަކުރު ބަލި މީހުންނަށް ވެސް ކެވޭ، ލޯ ކާބޯހައިޑްރޭޓްސް ޗޮކުލެޓުތަކެކެވެ.
ދަރުމަވަންތަ މަގު، ދަރުމަވަންތަ މިސްކިތް ކައިރީގައި ހުންނަ އަރާބީގެ ޝޯރޫމުން މިހާރު ކެންޑެރަލް ޗޮކުލެޓު ހޯލްސޭލްކޮށް ގަންނަން ލިބޭނެއެވެ. އަދި ރީޓެއިލްކޮށް ވެސް މާލޭގެ ގިނަ ފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ.