03 Jan 2022, 14:02
މީހަކަށް އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން ދެ މީހަކަށް އަންގައިފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަށް ތަހުގީގަށް ހާޒިރުވާން ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިވ ނުވާތީ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ހޯދަނީއދ. މާމިގިލި، ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26)އާއި ހއ. ހޯރަފުށި، އަޝްރަފީގެ، ނައުފަލް އަޙްމަދު (33)އެވެ.
އެ ދެ މީހުން ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް، 2022 ޖަނަވަރީ 13 ވަނަ ދުވަހުގެ 10:00އަށް ހާޒިރުވާން ފުލުހުން އަންގައެވެ.
މަކަރާއި ހީލަތްހަދާ އޮޅުވައިލައިގެން އެޕާޓްމަންޓް ކުއްޔަށް ދޭން އުޅޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި އެބަހުއްޓެވެ.