02 Jan 2022, 23:33
މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 21:03 ހާއިރު ކަމަށެވެ.
ވެއްޓިފައި އޮއްވާ ފެނިފައި ވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް ސީންއަށް ދިޔަ ފުލުހުންގެ ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ނުދެއެވެ.
"މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.