ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 3,209 ސާމްޕަލްގެ ތެރެއިން 161 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލައިއިރު މާލެއިން 40 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އިރު، އަތޮޅު ތެރޭގެ ރަށްރަށުން 41 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 80 މީހުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 96،052 އަށް އަރާފައެވެ.

މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 93،314 އެވެ.

ކޮވިޑުގެ އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު ރާއްޖޭގައި ތިބީ 2،463 މީހުންނެވެ.

ކޮވިޑް ޖެހިގެން 13 މީހަކަށް ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުން އަންނައިރު، ކޮވިޑް ޖެހިން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 262 މީހުންނެވެ.