08 Mar 2012, 14:21
ކޮލޯންގެ ޖަރުމަން ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާސެނަލް އާއި ގުޅުމުގެ ކުރިން އެކުލަބާއި ބެހޭ މައުލޫމާތު އެކުލަބުގެ ޖަރުމަން ޑިފެންޑަރު ޕާ މަޓަސޭކާ ކައިރިން އޮޅުން ފިލުވި ކަމަށް މަޓަސޭކާ ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ފޯވާޑް ޕޮޑޮލްސްކީ ހޯދުމަށް އާސެނަލް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިދިޔަ ސީޒަން ނިމުމުން ކޮލޯން އާއި މެދު ޕޮޑޮލްސްކީ ހިތްހަމަ ނުޖެހުން ފާޅުކުރުމުން އާސެނަލް އަށް ފެހި ސިގްނަލެއް ލިބިފައިވެ އެވެ.
"ފާއިތުވެގެން ދިޔަ ހަފްތާތަކުގައި ޕޮޑޮލްސްކީ އަހަރެންނާއި ޓެކްސްޓް މެސެޖުން ވާހަކަ ދެއްކި. އެ މެސުޖެތަކުގައި އާސެނަލްގެ ކަންތައްތައް ކިޔައިދިނުމަށް ވެސް ޕޮޑޮލްސްކީ އެދުނު. ޕޮޑޮލްސްކީ އާސެނަލް އާއި ގުޅޭނެ ކަމުގެ ފުރުސަތު އެބައޮތް." މަޓަސޭކާ ބުންޏެވެ.
މިވަގުތު އަނިޔާގެ ސަބަބުން މަޓަސޭކާ ހުރީ ކުޅުމާއި ދުރުގަ އެވެ. އަނިޔާގެ ސަބަބުން މިދިޔަ މަހު އޮޕަރޭޝަން ކުރުމުން މިސީޒަންގެ ބާކީ އޮތް މެޗުތައް މަޓަސޭކާ އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ.