ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 3433 ސާމްޕަލްގެ ތެރެއިން 191 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކައި ގޮތުގައި މާލެއިން 53 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން 68 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން އަލަށް ޕޮޒިޓިވްވީ 66 މީހުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 95،891އަށް އަރާފައެވެ.

މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅިން ފަސޭހަވި، މީހުންގެ ޖުމުލަ އަދަދަކީ 93،235އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންހެ އަދަދަކީ 2381އެވެ.

ކޮވިޑް ޖެހިގެން 16 މީހަކަށް ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުން އަންނައިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވީ، 262 މީހުންނެވެ.