01 Jan 2022, 15:51
އާ އަހަރު ފެށުނު އިރު 12 ރަށް މޮނިޓަރިންގައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިވަގުތު މޮނިޓަރިންގައި އެންމެ ގިނަ ދުވަސްވެފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި މޮނިޓަރިންއަށް ލާފައިވާ މ. މުލަކެވެ. ބާކީ ހުރި ހުރިހާ ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެއީ:
ދ. ކުޑަހުވަދޫ
- ނ. ލަންދޫ
- ތ. ވިލުފުށި
- ގދ. ވާދޫ
- ތ. ތިމަރަފުށި
- ހދ. ނައިވާދޫ
- ދ. ހުޅުދެލި
- ގދ. ހޯޑެއްދޫ
- ގދ. ގައްދޫ
- ކ. މާފުށި
- ހއ. އިހަވަންދޫ
އޯގަސްޓް މަހު މޮނިޓަރިންއަށް ލީ އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ އިއްޔެއެވެ. ކޮވިޑްގައި އައްޑޫ ސިޓީން 11 މީހަކު މަރުވެފައިވެއެވެ.
އެޗްޕީއޭއިން އިއްޔެ ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖޭން މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 95،700 މީހުންނެވެ.
ކޮވިޑުގެ އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 2،298 މީހުންނެވެ.