ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާ ޗެލްސީގެ ކޯޗު ކަމާއި ހަވާލުވާން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ. ޗެލްސީ އާއި އެކު ކޮންމެ ދުވަހަކުވެސް ވާހަކަ ދައްކާ ކަމަށް ގާޑިއޯލާ ބުނެފައިވެ އެވެ.

ޗެލްސީގެ ވެރިޔާ ރޯމަން އަބްރަހިމޮވިޗް މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ އެޓީމަށް ކާމިޔާބީ ކޯޗެއް ހޯދުމެވެ. ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ލަނޑުން ޗެލްސީ ބަލިވުމުން، އެކުލަބުގެ ކޯޗު އަންދުރޭ ވިޔަސް ބޮއަސް މަގާމުން ދުރުކޮށްފައިވެ އެވެ. މިހާރު ޗެލްސީ އާއި ވަގުތީ ގޮތުން ހަވާލުވެފައި ވަނީ އެކުލަބުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޑި މަޓިއޯ އެވެ.

"އަހަރެން ކޮންމެ ދުވަހަކުވެސް ޗެލްސީ އާއި ވާހަކަ ދައްކަން. އެކަމަކު އެކުލަބާއި ހަވާލުވުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވާނެ. ވިޔަސް ބޮއަސް އަކީ މޮޅު ކޯޗެއްގެ ގޮތުގައި ފާހަގަ ވަނީ. ކޯޗަކަށް ލިބޭ ވަގުތަކީ ނެރެވޭ ނަތީޖާ އަކަށް ބިނާވާ ކަމެއް. އެ ކޯޗަކަށް ކޮށްދެވެން ހުރި ކަމަކަށް ނޫން. އަހަރެން އެކަމާއި މެދު ވާހަކަ ދައްކާކަށް ނެތިން." ގާޑިއޯލާ ބުންޏެވެ.

ބާސާ އާއި ހަވާލުވެ، ގާޑިއޯލާ ވަނީ އެކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އެހީތެރިވެދީފަ އެވެ. ގާޑިއޯލާ އާއި ބާސާ އާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ނަމަވެސް ކޮންޓްރެކްޓް އާކުރުމުގެ އިޝާރާތެއް ގާޑިއޯލާ އެއް ކޮށްފައެއް ނުވެ އެވެ.