31 Dec 2021, 22:01
ބޯވަ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން މިއަދު ހެނދުނު 08:58 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުމުންދޫ، އަރާއިރު، ޝުރައިހު ހަސަން އެވެ.
އޭނާ ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ޑައިވް ކޮށްގެން 55000 އަކަމީޓަރު ބަލައިފައިވެއެވެ. އަދި ސްނޯކްލިން ކޮށްގެން 36000 އަކަ މީޓަރު ކޯސްޓު ގާޑުގެ ޑައިވަރުން ވަނީ ބަލައިފައެވެ.
ވާނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް ބޯވަ ހިފަން ގޮސް އުޅުނު ބައެއް މީހުން އޮޔާ ދަމައިގަނެ، މީހުން ގެއްލުމުގެ ހާދިސާތައް ހިނގައިފައިވެއެވެ