ރާއްޖެ

ރާއްޖެއާއި ތުރްކުމެނިސްތާން މިއަދު ރާއްޖެ ގަޑިން 2:15 ގައި ނޭޕާލްގެ ހަލްޗޯކްވް ސްޓޭޑިއަމްގައި ބައްދަލުކުރާ އިރު ރާއްޖެއާއި ތުރްކުމެނިސްތާން ވަނީ މީގެ ކުރިން އެއްފަހަރު ބައްދަލުކޮށްފަ އެވެ. އެފަހަރު 3-1 ލަނޑުން ރާއްޖެވަނީ ތުރްކުމެނިސްތާން އަތުން ރާއްޖޭގެ ފަސްގަނޑުގައި ބަލިވެފަ އެވެ.

މިއަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖެ ދިއުމުގެ ކުރިން ރާއްޖެވަނީ ތައިލެންޑުގައި ކޭޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް އެގައުމުގައި ކުޅެފައެވެ. އެގޮތުން ރާއްޖެ ވަނީ ތައިލެންޑުގެ ގައުމީ ޓީމާއި އެކު ރަހްމަތްތެރިކަމުގެ މެޗެއް ކުޅެ 3-0 ލަނޑުން ބަލިވެފަ އެވެ. ނަމަވެސް ގައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނީ މެޗުތަކުގެ ނަތީޖާތައް ގޯސްވިކަމުގައި ވީނަމަވެސް ތައިލެންޑުގައި ރާއްޖެ ކުރި ތަޖުރިބާ ކޭޕް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.

މިއަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްއަކީ ރާއްޖެއިން އެމުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ރާއްޖެވަނީ އޭއެފްސީއަށް ކޮލިފައި ވުމަށްޓަކައި 2006 ވަނަ އަހަރާއި 2008 ވަނަ އަހަރުވެސް މަސައްކަތްކޮށް ކާމިޔާބު ނުވެފައެވެ. އަދި އެންމެ ފަހުން 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ކޮލިފައިންގައިވެސް ރާއްޖެވަނީ ކޮލިފައި ނުވެ ކަޓައިގެން ގޮސްފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމްގެ މުހިއްމު ކުޅުންތެރިންނަށް ބަލާލާއިރު ރާއްޖޭގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އަކީ ވީބީގެ މަޝްހޫރު ފޯވާޑް އަލީ އަޝްވާގް (ދަނގަޑޭ) އެވެ. ނަމަވެސް އޭއެފްސީ ކޮލިފައިންގައި ދެއްކި ދެ ރީންދޫ ކާޑާއި އެކު މިއަދު ރާއްޖެ ތުރްކުމެނިސްތާނާއާއި އެކު ކުޅޭ މެޗަށް އޭނާވަނީ ސަސްޕެންޑް ކޮށްފައެވެ. ދަނގަޑޭގެ އިތުރުން އަހުމަދު ތޯރިގް (ޓޮމް) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މަޝްހޫރު ގޯލްކީފަރު އިމްރާން މުހައްމަދު އަކީވެސް ރާއްޖޭގެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިން ނެވެ.

ތުރްކުމެނިސްތާނު

ތުރްކުމެނިސްތާން އަކީ އޭއެފްސީގައި ފާހަގަކޮށްލެވޭ މޮޅު ޓީމެކެވެ. އެގޮތުން 2010 ވަނަ އަހަރުގެ ރަނާރަޕްކަން ހޯދާފައިވާ ތުރްކުމެނިސްތާންވެސް ވަނީ އޭއެފްސީ ޗެލެންޖް ކަޕް ބާއްވާ ނޭޕާލަށް ދިއުމުގެ ކުރިން ޔޫރަޕްގެ ކްލަބްތަކާއި އެކު އެކުވެރި ކަމުގެ މެޗްތަކެއް ކުޅެފަ އެވެ.

ތުރްކުމެނިސްތާން އަކީވެސް މޮޅެތި ކުޅުންތެރިންތަކެއް އެކުލެވިގެން މި މުބާރާތަށް އައި ޓީމެކެވެ. އެގޮތުން ރަޝިއާގެ ކްލަބެއްކަމަށްވާ ރުބިން ކަޒަންއަށް ކުޅޭ 20 އަހަރުގެ ވަހީތް އޮރަޒްސަކެދޯވް އަކީ ރާއްޖޭގެ ޓީމުން ފާހަގަކޮށްލެވޭ އެއް ކުޅުންތެރި އެކެވެ.