ބޯވަ ނަގަން ފޭބި ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން މިއަދު ހެނދުނު 08:58 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހަމައެހެންމެ ޒުވާނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ބޯވަ ހިފަން ގޮސް އުޅުނު ބައެއް މީހުން އޮޔާ ދަމައިގަނެ، މީހުން ގެއްލުމުގެ ހާދިސާތައް ހިނގައިފައިވެއެވެ.