ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފަށާ އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާދިނުމަށް ފީފާގެ ރައީސް ސެޕް ބެލެޓާއާ ނޭޕާލަށް ހިގައްޖެ އެވެ.

ޖުމްލަ އަށް ޓީމް ވާދަކުރާ މިމުބާރާތުގައި ގްރޫޕް އޭ ގެ ދެމެޗެއް މިއަދު ކުޅޭނެ އެވެ. މުބާރާތް ހުޅުވާ މެޗުގައި މިއަދު ރާއްޖެ ގަޑިން މެންދުރު ފަހު 2:15 ގައި ބައްދަލުކުރާ ދެޓީމަކީ ރާއްޖެއާއި ތުރްކުމުނިސްތާނެވެ. ދެވަނަ މެޗުގައި ރާއްޖެ ގަޑިން މިއަދު ހަވީރު 4:15 ގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލާއި ޕަލަސްތީނެވެ.

މިއަދުގެ މެޗަށް ރާއްޖެ ނިކުންނައިރު، ގައުމީ ޓީމު ވަނީ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި 2009 ވަނަ އަހަރު މާލޭގައި ތުރުކުމެނިސްތާނު އަތުން 3-1 ލަނޑުން ވަނީ ބަލިވެފަ އެވެ.

މިމުބާރާތް ކުރިއަށް ދާނީ ނޭޕާލްގެ ކަތަމަންޑޫގެ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމް އާއި ހަލްޗޯވްކް ސްޓޭޑިއަމްގަ އެވެ.

ރާއްޖެއާ ދެކޮޅަށް ތުރްކުމެނިސްތާނާ މިއަދު ކުޅޭ މެޗް ޓީވީއެމް އާއި ސަން މީޑިއާ ގުރޫޕުން ލައިން ކުރާނެ އެވެ.