29 Dec 2021, 22:26
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 3,918 ސާމްޕަލްގެ ތެރެއިން 198 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލައިއިރު މާލެއިން 53 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އަތޮޅު ތެރޭގެ ރަށްރަށުން 85 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ 60 މީހުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 95،420އަށް އަރާފައެވެ.
މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 92،940 ގައެވެ.
ކޮވިޑުގެ އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު ރާއްޖޭގައި ތިބީ 2،205މީހުންނެވެ.
ކޮވިޑް ޖެހިގެން 13 މީހަކަށް ހޮސްޕިޓަލް ތަކުގައި ފަރުވާ ދެމުން އަންނައިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 262 މީހުންނެވެ.