29 Dec 2021, 19:54
ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފެންވަރު ވަޒަންކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުގައި ފުރަތަމަ ފެންވަރު ވަޒަންކުރަން ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ 29 ފަނޑިޔާރެއްގެއެވެ.
އެގޮތުން ފެންވަރު ވަޒަންކުރަން ހަމަޖެހިފައިވާފަނޑިޔާރުންގެތެރޭގައި:
ސިވިލް ކޯޓުގެ 10 ފަނޑިޔާރުން
- ފެމިލީ ކޯޓުގެ ހަ ފަނޑިޔާރުން
- ކްރިމިނަލް ކޯޓުގެ ހަތަރު ފަނޑިޔާރުން
- ޑްރަގް ކޯޓުގެ ހަ ފަނޑިޔާރުން
- ޖުވެނައިލް ކޯޓުގެ ތިން ފަނޑިޔާރުން
އެ ފޯމު ފުރަންޖެހޭނީ އެ ފަނޑިޔާރުންގެ މައުލޫމާތު އެނގޭ ގާނޫނީ ވަކީލުންނެވެ. އެ ސާވޭއަށް މައުލޫމާތު ހިއްސާކުރާ ގާނޫނީ ވަކީލުންގެ ވަނަވަރު ސިއްރު ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަކީ ކޮންމެ ދެއަހަރަކުން ޖޭއެސްސީން ކުރިއަށްގެންދަންޖެހޭ މަސައްކަތެކެވެ. ނަމަވެސް ރާއްޖޭގައި ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރަން މި މަސައްކަތްކުރަނީ މުޅިން އަލަށެވެ.