އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ޑޮމެސްޓިކް ފުލައިޓްތަކަށާއި އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކާ، ޖެޓް އޭވަން ފިއުލްގެ އަގު ބޮޑުކޮށްފި އެވެ.

އައިއެންއައިއޭ އޮޕަރޭޓް ކުރާ ޖީއެމްއާރުގެ، ޗީފް ކޮމާޝަލް އޮފިސަރު ޕްރަދާސް ގޮޕާލަން ސޮއި ކުރައްވައި ފެބުރުއަރީ 29ގެ ތާރީހުގައި ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑޮމެސްޓިކް ފްލައިޓްތަކަށް ޖެޓް އޭވަން ފިއުލް ލިޓަރެއް ވިއްކާނީ 1.20 ޑޮލަރަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފްލައިޓްތަކަށް ލީޓަރެއް ވިއްކާނީ 1.23 ޑޮލަރަށް ކަމަށެވެ.

މިއީ މީގެ ކުރިން ތެޔޮ ވިއްކި އަގަށް ވުރެ ފަސް ސެންޓް ބޮޑު އަގެކެވެ.

މިދިޔަ މަހު އިންޓަނޭޝަނަލް ފްލައިޓްތަކަށް ތެޔޮ ވިއްކީ ލީޓަރެއް1.18 ޑޮލަރަށެވެ. އަދި އެތެރޭގެ ފުލައިޓްތަކަށް ތެޔޮ ލިޓަރެއް ވިއްކީ 1.15 ޑޮލަރަށެވެ.

އެ ކުންފުނިން އެންމެ ފަހުން ޖެޓްއޭވަން ފިއުލްގެ އަގު ބޮޑުކުރީ މިދިޔަ މަހު އެވެ. އެ ކުންފުނިން ތެލުގެ އަގު ބޮޑުކުރީ ކީއްވެ ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އެއާޕޯޓް ހިންގާ އިންޑިޔާގެ ކުންފުނިން ތެލުގެ އަގު ބޮޑުކުރީ އިރު ބައެއް އެއާލައިންތަކުން އަންނަނީ ގްރައުންޑް ހޭންޑްލިން އާއި އެހެނިހެން ވެސް ހިދުމަތްތަކުގެ އަގު ބޮޑު ކަމަށް ބުނެ ރާއްޖެ އަށް އޮޕަރޭޓް ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް ބުނަމުންނެވެ.