ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 4،224 ސާމްޕަލްގެ ތެރެއިން 190 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލެއިން 47 މީހުން މިއަދު ޕޮޒިޓިވް ވެފައިވާއިރު، އަތޮޅު ތެރޭގެ ރަށްރަށުން 71 މީހަކު ޕޮޒިޓިވްވެ، ރިސޯޓުތަކުން ވެސް 71 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 95،222އަށް އަރާފައެވެ.

މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 92،820 ގައެވެ.

ކޮވިޑުގެ އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ 2،127މީހުންނެވެ.

ކޮވިޑް ޖެހިގެން 11 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 262 މީހުންނެވެ.