ހުޅުމާލޭ ބިމުގެ މައްސަލަ ކޯޓުގައި އޮއްވައި ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިން ނުވިއްކޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނަކީ ސިވިލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފު ބަޔާނެއް ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭ ބިމުގެ މައްސަލަ ގޯސްވެ، އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ، މާލޭ ސިޓީ ކައުންސިލުން ނެރެފައެވެ.

ހުޅުމާލެއިން ގޯތި ވިއްކުމަށް އެޗްޑީސީން އިއުލާނުކުރުމާ ގުޅިގެން، ސިޓީ ކައުންސިލުން ވަނީ ކޯޓުގައި މައްސަލަ ވަނިކޮށް ގޯތި ވިއްކުމަކީ ނެރެފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ގާނޫނީ މިލްކުވެރިކަން އޮތީ އެޗްޑީސީއަށް ކަމަށާއި ހުޅުމާލޭގެ ބިމަކީ މާލޭ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫންކަން ގާނޫނުން އެނގެން އެބައޮތް ކަމަށެވެ.

ކަންއެހެން އޮތްއިރު، އެޗްޑީސީގެ ބިމެއް ވިއްކުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާ ކަން ފާހަގަކޮށް އެ ކުންފުނިން ވަނީ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުން އެ ކޯޕަރޭޝަންގެ ހައްގަކަށް އުނިކަން އަންނާތީ ސިޓީ ކައުންސިލުން ނެރުނު ބަޔާން ކުށްވެރިކޮށްފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އެޗްޑީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވުމަކީ އެ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ކަންކަމާ ހިލާފު ކަމެއް ކަމަށެވެ.

"ހުޅުމާލޭގެ ބިމާ ގުޅިގެން މި ކޯޕަރޭޝަނުން ކުރަމުން އައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްގީކުރުމާއި ބެލެހެއްޓުމުގެ ގޮތުން މި ކޯޕަރޭޝަނުން ކުރަމުން އައި ކަންކަން، މި މައްސަލަ ވަކިގޮތަކަށް ނިމެންދެން ކުރުން މަތީ ދެމިހުރުމުގެ ހައްގު މި ކޯޕަރޭޝަނަށް ކޯޓުގެ އަމުރުން ލިބިދީފައިވީ ހިނދު، ދިވެހިރާއްޖޭގެ ކޯޓަކުން މިކަން އެނޫން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިއެންމެހައި ހައްގުތައް ގާނޫނީ ގޮތުން މިކޯޕަރޭޝަނަށް ލިބިގެންވާކަން ދަންނަވަމެވެ." އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީގެ ކަރާމާތާއި ހައްގުތައް އުނިކަން ލިބޭ ގޮތަށް، ކައުންސިލުން ބަޔާން ނެރުމުން އެ ކުންފުންޏަށް ގެއްލުންވަމުން އަންނާތީ އެގޮތަށް އަމަލު ނުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ސިވިލް ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ، ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލު ކުރުމާ ގުޅިގެން އެޗްޑީސީން އެ ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ.