28 Dec 2021, 12:12
ތިލަފުށީ އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އިމާރާތް ކުރަމުން ދިޔަ ތަނެއްގެ މަތިން ބަނގްލަދޭޝް ފިރިހެނަކު ވެއްޓިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައި ވާކަމަށް މިއަދު ހެނދުނު 9:30 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މީނާ މިހާރު ނިޔާވެފައިވާ ކަމަށް އައިޖީއެމްއެވް އިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ 9:53 ހާއިރު ކަމަށާއި ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.