27 Dec 2021, 13:06
މަސްތުވާތަކެތި ނައްތާލާއިރު އާއްމުން އޮބްޒާވް ކުރަން ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލަތަކާއި އެ ނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ އާއްމުން ނަން ނޯޓު ކުރުމުގެ ފުރުސަތު ފުލުހުން ވަނީ ހުޅުވައިލާފައެވެ.
އެގޮތުން ނަން ނޯޓު ކުރުން މިއަދު ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވައިލާފައެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ އިތުރުން ގުޅޭނެ ފޯނު ނަންބަރާއެކު ޕޮލިސް މީޑިއާ މެއިލް[email protected]އަށް މެއިލް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ދޫނިދޫގައެވެ.