ރާއްޖެއިން އިތުރު 132 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން 43 މީހުން

  • އަތޮޅުތަކުން 46 މީހުން
  • ހިންގަމުންދާ ރިސޯޓުތަކުން 42 މީހުން
  • ލިވްއެބޯޑުތަކުން އެކަކު

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 94،864 ކަށް ވަނީ އަރާފައެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 2032 މީހުންގެ ތެރެއިން 10 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 92،558 އެވެ.

ރާއްޖެއިން މިހާރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 261 އަށް އަރައިފައެވެ.