26 Dec 2021, 18:42
ދި އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)އިން ދޭ "އެޕްރޫވްޑް އެމްޕްލޮޔާ" ސްޓޭޓަސް މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ލިބިއްޖެއެވެ.
ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ލެވެލްގައި އެމްޓީސީސީއަށް މި ސްޓޭޓަސް އަރުވާފއިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
އޭސީސީއޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ނަގައި ތަމްރީނުކޮށް ބޭތިއްބުމުގައި އެޕްރޫވްޑް އެމްޕްލޮޔާ ސްޓޭޓަސް މުހިންމު ދައުރެއް އަދާކުރެއެވެ.
މީގެ އިތުރުން އެމްޓީސީސީއަށް މި ސްޓޭޓަސް ލިބިގެން ދިއުމަކީ އެ ކުންފުނިން ފޯރޮކޮށްދޭ ތަމްރީނުތަކާއި ކުރިއަށް ދިއުމަށް ދޭ ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީނުތަކާއި ފުރުސަތު ތަކެއްކަން ޔަގީންކޮށްދޭ ކަމެއްކަމުގައި އެމްޓީސީސީން ފާހަގަކުރެއެވެ.
މި ސްޓޭޓަސް އާއެކު އެމްޓީސީސީގައި ވަޒީފާއަދާކުރާ އެސީސީއޭ މެންބަރުންނަށް އެސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް (ސީޑީޕީގެ) ޝަރުތުތަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ދި އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) އަކީ 1904 ވަނަ އަހަރު އުފެދިންގެން އަައި ބައިނަލްއަގްވާމީ އެކައުންޓެންޓް ބޮޑީއެކެވެ.