25 Dec 2021, 22:23
ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެ އިން 168 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓްކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 94،732 މީހުންނެވެ.
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 44 މީހުނެވެ. އަތޮޅުތެރެއިން 101 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން ޕޮޒިޓިވްވީ 19 މީހުނެވެ.
މިހާތަނށް މި ބަލީގައި 261 މީހަކު މަރުވެފައި ވާއިރު 10 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންނެވެ.
ނިމިދިޔަ 24 ގަޑިއިރު ތެރޭ 4،419 ސާމްޕަލް ނެގިފައި ވާއިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންފެ އަދަދު 92،439 އަރައެވެ.
ކޮވިޑުގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބީ 2،019 މީހުންނެވެ. މާލޭ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް އުޅެނީ ދެ ޕަސެންޓުގައެވެ.
މި ބަލިން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ދެ ޑޯޒު ޖެހި މީހުންގެ އަދަދު ހުރީ 366،892 ގައެވެ.