މާލޭ ސަރަހައްދުން 49 މީހުންނާ އެކު ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 120 މީހުންނެވެ.

ހެލްތު ޕްރޮޓްކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 94،564 މީހުންނެވެ. އޭގެ ތެރެއިން އަލަށް އަތޮޅު ތެރެއިން ވަނީ 36 މީހަކު ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 35 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިހާތަނށް މި ބަލީގައި 261 މީހަކު މަރުވެފައި ވާއިރު 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންނެވެ.

ނިމިދިޔަ 24 ގަޑިއިރު ތެރޭ 5،639 ސާމްޕަލް ނެގިފައި ވާއިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންފެ އަދަދު 92،351 އަރައެވެ.

ކޮވިޑުގެ އެކްޓިވް ކޭސަސްގެ ގޮތުގައި މިހާރު ތިބީ 1،939 މީހުންނެވެ. މާލޭ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް އުޅެނީ ދެ ޕަސެންޓުގައެވެ.

މި ބަލިން ރައްކާތެރިވުމަށް ދެޥެ ވެކްސިން ޑޯޒުގެ ބޫސްޓާ ޑޯޒު މިއަދު އެކަނި ވެސް ވަނީ 473 މީހުންނަށް ދީފައެވެ. މިހާތަނަށް ވަނީ 24،201 މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފައެވެ.

މުޅި ޖުމްލަ ދެ ޑޯޒު ޖެހި މީހުންގެ ތެރޭގައި 366،892 މީހުން ހިމެނޭއިރު މިއަދު ވަނީ 144 މީހުން ދެ ވަނަ ޑޯޒު ފުރިހަމަ ކޮށްފައެވެ. ހަމައެހެންމެ، މިއަދު 59 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ހަމަކުރިއިރު 396،570 މީހުން ވަނީ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ.