23 Dec 2021, 23:57
މި މަހުގެ އަށް ވަނަ ދުވަހު ޕާކިސްތާނުން ވައިގެ މަގުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ހަވާލުވި މީހާ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ކަމަށްވާ އުމުރުން 36 އަހަރުގެ، ބުސްރާ އަނީސްއާއި 41 އަހަރުގެ މުނީރު އަޒީޒްގެ އިތުރުން 49 އަހަރުގެ މުހައްމަދު ޔަސީންއެވެ.
ފުލުހުން ބުނި ގޮތުގައި މި މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ދިވެއްސަކާ ގުޅިގެން ކަން މިހާތަނަށް ތަހުގީގަށް ވަނީ ހާމަވެފައެވެ. ރާއްޖެއިން މަސްތުވާތަކެއްޗާ ހަވާލުވިކަމަށް ތުހުމަތުކޮށް، ފުލުހުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު، ބީޗްވޭ، އުމުރުން 31 އަހަރުގެ އަބްދުﷲ އާމިރެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ ޕާކިސްތާނު ތިން މީހުންގެ ހައްޔަރަށްފަހު ކުރިއަށްގެންދިޔަ ތަހުގީގުން އެ މަސްތުވާތަކެއްޗާ އާމިރު ހަވާލުވިކަން އެނގޭ ކަމަށެވެ.
ހަމައެހެންމެ މަސްތުވާތަކެތީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި މުނީރު އޭނާއަށް 3000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ ޕާކިސްތާނު ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކޮށް، އަބްދުﷲ އާމިރުގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ޕާކިސްތާނު ތިން މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2445 ގުރާމު ހުއްޓެވެ. އެ މީހުން މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ފައިވާނުގައްޔާއި ޖަންގިޔަލުގައި ރައްކާކޮށްގެންނެވެ.