23 Dec 2021, 22:23
ރާއްޖެއިން އިތުރު 145 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:
މާލެ ސަރަހައްދުން 47 މީހުން
އަތޮޅުތަކުން 52 މީހުން
ހިންގަމުންދާ ރިސޯޓުތަކުން 46 މީހުން
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 94،444 ކަށް ވަނީ އަރާފައެވެ.
މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1925 މީހުންގެ ތެރެއިން 13 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 92،245 އެވެ.
ރާއްޖެއިން މިހާރު ބަލި ޖެހިގެން ރޭ ވެސް މީހަކު މަރުވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 261 އަށް އަރައިފައެވެ. މި ބަލި ޖެހިގެން އެންމެ ފަހުން މަރުވެފައިވަނީ ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ ފިރިހެނެކެވެ.