23 Dec 2021, 21:17
ޓްރީ ޓޮޕް ހޮސްޕިލުން ފަމިލީ މެޑިސިން ކްލިނިކްގެ ހިދުމަތްދޭން ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފައިވާ ފެމީލީ މެޑިސިން ކްލިނިކް ހުޅުވާފައިވަނީ ހޮސްޕިޓަލްގެ އެއް ވަނަ ފަންގިފިލާގައެވެ.
މި ކްލިނިކުން މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އެމަޖެންސީ ކޮންސަލްޓޭޝަން ހިދުމަތްތައް ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
ފެމިލީ ކްލިނިކްގެ ޕްރިވެންޓިވް ކެއަރ، ޗެކައަޕް، ހެލްތް ރިސްކް އެސެސްމެންޓްސް، ވެކްސިނޭޝަން، ވޯކް ޕާމިޓް މެޑިކަލްސް، އަދި ދުޅަ ހެޔޮ ދިރިއުޅުމެއް ބިނާ ކުރަން ކައުންސިލިން ހިދުމަތްތައް ހިމެނެއެވެ. މި ކްލިނިކްގެ އިސް ދައުރަކީ މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އެމާރޖެންސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ފެމިލީ މެޑިސިންގެ ހިދުމަތް ފޯރުކޮށްދެއްވާނީ ފެމިލީ މެޑިސިން ސްޕެޝަލިސްޓް ޑރ. މަނާރް ކަރަމް ކަމަށްވެސް އެ ހޮސްޕިޓްލުން ބުންޏެވެ.
ޑރ. މަނާރް ވަނީ މިސްރުގެ އެކި ސިއްހީ މުއައްސަސާތަކުން ޖެނެރަލް ޕެރެކްޓިޝަނަރެއްގެ ގޮތުގައި 10 އަހަރުގެ ތަޖުރިބާ ހޯދައްވާފައެވެ. އަދި ޑރ. މަނާރް އަކީ އަޕަރ ރެސްޕިރޭޓޮރީ ޓްރެކްޓް އިންފެކްޝަންސް، ޑައެބީޓީޒް، ހައިޕަޓެންޝަން، ހައިޕަ ކޮލެސްޓްރޮލީމީއާ، އެނީމިއާ، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ބަލިތަކަށް ފަރުވާ ފޯރުކޮށދިނުމަށް ގާބިލް ބޭފުޅެއް ކަމަށް ޓްރީ ޓޮޕް އިން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. ޓްރީ ޓޮޕް ހޮސްފިޓަލުގެ ފެމިލީ މެޑިކަލް ކްލިނިކް އަމާޒަކީ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފުރިހަމަ ހިދުމަތްތައް މެހަމާނުންނަށް ފޯރުކޮށްދިނުމަށެވެ.