22 Dec 2021, 22:25
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގެ ހަތަރު ސަރަހައްދެއް އެކި ވަގުތުތަކުގައި ބަންދުކުރަން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މަލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކާ ގުޅިގެން މާދަމާ މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރަން ވަނީ ނިންމާފައެވެ.
އެގޮތުން ބަންދުކުރަން ހަމަޖެހިފައިވާ ހަތަރު ސަރަހައްދަކީ:
ޖުމްހޫރީ މައިދާން ސަރަހައްދު
- ރައީސް އޮފީސް ސަރަހައްދު
- ހޮޓެލް ޖެން ހިމެނޭ ސަރަހައްދު
- ރައްޔިތުންގެ މަޖިލީސް ކުރާ ގެ ހިމެނޭ ސަރަހައްދު
ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ބަންދުވާނީ މާދާމާގެ ހެނދުނު 7:00 އިން 20:00 އަށެވެ.
މީގެ އިތުރުން ހަރަކާތްތަކުގެ ތެރެއިން ބައެއް މަގުތައް އެއްގަމު ދަތުރު ތަކަށާއި ފައިމަގުގައި އުޅުއްވާ މަގުތަކަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ބައްދުކުރާ ބައެއް މަގުތަކަކީ:
ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރި
- އޯކިޑްމަގު/ ޖޫމްހޫރީ މައިދާން ޖަންގްޝަން
- ބޮޑުތަކުރުފާނު މަގު/ ބީއެމްއެލް ކައިރިން (ލޮޓަސް ގޯޅި)
- ނާދީ ގޯޅި
- އަމީރު އަޙްމަދު މަގު/ ފިނިހިޔާ ގޯޅި ކަންމަތި
- ސޯސަންމަގު/ މެދުޒިޔާރަތްމަގު ޖަންގްޝަން
- އަބަދަށްފެހިމަގު/ ގުލޭނޫރަންމަގު ކަންމަތި
- ގުލޭނޫރަންމަގު/ ކަރަންކާމަގު ކަންމަތި
- ހިތަށްފިނިވާމަގު/ކަރަންކާމަގު ކަންމަތި
- ކަޅުހުރާމަގު/ހަދީބީ މަގު ކަންމަތި
- ހުސްނުހީނާމަގު/ ބޮކަރުމާ ގޯޅި ކަންމަތި
- ނޫރާނީ ގޯޅި/ ހިތަށްފިނިވާމަގު ކަންމަތި
- މެދުޒިޔާރަތްމަގު/ ދަރުމަވަންތަ ސްކޫލު ކަންމަތި
- ޝަހީދު އާދަމް ނަސީރު ހިނގުން
- ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުން
މީގެއިތުރުން އެސަރަހައްދުތަކުގައި ހިމެނޭ ޕާކިން ޒޯންތަކުގައި މިރޭގެ 20:00 އިން ފެށިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ 20:00 އާހަމައަށް ޕާކް ނުކުރެވޭނެއެވެ. އަދި މިވަގުތުތަކުގައި އެސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ނުނަންގަވާ ހުރި އުޅަނދެއްވާނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެއުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު މިއަދުގެ 18:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަށް އޮޑިދޯނި ފަހަރާއި ލޯންޗު، ޑިންގީ ފަދަ ތަކެތި ވަނުމަކީ މަނާކަމެކެވެ. އެހެންކަމުން އެސަރަހައްދު ބޭނުންކުރާ ފެރީތަކުން ދަތުރުކުރައްވާ ބޭފުޅުން ފެރީދަތުރު ރާވާ އެޖެންޓުން މެދުވެރިކޮށް ލަފާ ފުރާ ސަރަހައްދަށް އައިސްފައިވާ ބަދަލު އޮޅުންފިލުވައި، ކަނޑައަޅާ ސަރަހައްދުތަކަށް ވަޑައިގެންނެވުމަށް އިލްތިމާސްކުރަމެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ދަތުރުފުޅާ ގުޅިގެން ސިނަމާލެ ބްރިޖްގެ އޮޕަރޭޝަނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ. އަދި ކުރިއެކޭ އެއްގޮތަށް އާއްމު ދަތުރު ފަތުރަށް ބްރިޖް ބޭނުންކުރެވޭނެއެވެ.