22 Dec 2021, 22:11
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އަލަށް ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 121 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަލަށް ނެގި 4،381 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 37 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 50 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު އަލަށް ޕޮޒިޓިވް ވެފައިވަނީ 34 މީހުންނެވެ.
މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 94،299އަށް އަރާފައެވެ.
މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅީން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 92،099 ގައެވެ.
ކޮވިޑުގެ އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ 1،927މީހުންނެވެ.
ކޮވިޑް ޖެހިގެން 15 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 260 މީހުންނެވެ.