އުރީދޫ މޯލްޑިވްސްއިން އަހަރު ނިމުމާ ދިމާކޮށް ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ އޮފާތަކެއް ދޭން ފަށައިފިއެވެ.

އެ އޮފާތަކުގެ ދަށުން އުރީދޫ ފޯނު ބިލު، ކޮފީ ބިލު ނުވަތަ ކެއުމުގެ ބިލު އަދި ފިހާރަތަކުން އެއްޗިހި ގަތުމަށް ފަހު އެމް ފައިސާގެ ޒަރިއްޔާއިން ބިލު ދައްކާނަމަ އެ ކަސްޓަމަރަކަށް ފަސް ޕަސެންޓާ ހަމައަށް ކޭޝްބެކް ލިބޭނެއެވެ.

މިއީ ވަކި ވަގުތަކަށް ކުރިއަަށް ގެންދާ ޕްރޮމޯޝަނަކަށް ވުމުން، މި އޮފާތައް ލިބޭނީ ކުރިން ކްލަބް ޕްރިމިއާގެ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓުތަކާ ވެސް އެއްކޮށެވެ.

"އުރީދޫ ކްލަބް ޕްރިމިއާ" އަކީ އެ ކުންފުނީގެ ފަރާތުން އުރީދޫގެ ބައެއް ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ދޭ ހާއްސަ ހިދުމަތެކެވެ. މި ހިދުމަތުގެ ތެރޭގައި އުރީދޫގެ އެހެން ކަސްޓަމަރުންނަށް ނުލިބޭ ހިދުމަތްތަކާއި އޮފާތައް ލިބެން ހުންނާނެއެވެ.

ކްލަބް ޕްރިމިއާގެ ހިދުމަތްތައް ހުންނަނީ ތިން ބަޔަކަށް ބަހާލައިފައެވެ. އެއީ ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ކްލަބެވެ. މިއިން ކޮންމެ ކްލަބަކަށް ތަފާތު ހިދުމަތްތައް ލިބެން ހުންނަ އިރު ގޯލްޑް އަދި ޕްލެޓިނަމް ކްލަބުގެ މެމްބަރުންނަށް ހާއްސަކޮށް ދުނިޔޭގެ އެއާޕޯޓުތަކުގެ ހާއްސަ ލޯންޖުތަކަށް ވަނުމުގެ ފުރުސަތު އޮވެއެވެ.

އުރީދުގެ ކްލަބް ޕްރިމިއާ ހަރަކާތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އިތުރު އެކްސްކުލޫސިވް ޑީލްތަކާ އެކު ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ސަޕޯޓް ހޯދާފައެވެ. އެގޮތުން ކްލަބް ޕްރިމިއާ މެމްބަރުންނަށް 20 ޕަސެންޓު ޑިސްކައުންޓް ބައެއް ތަންތަނުން ލިބޭނެއެވެ. އެތަންތަނުގެ ތެރޭގައި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ކޭއެފްސީ، މެންގޯ، ސޮނީ ލައިފް ސްޓައިލް އަދި ކައިލާންގެ އިތުރުން ވެސް އެހެނިހެން ތަންތަން ހިމެނެއެވެ.

އުރީދޫ ކްލަބް ޕްރިމިއާގައި ހިމެނެނީ ވަކި ޝަރުތުތަކެއް ހަމަވުމުން، އެ ކުންފުނިން ދައުވަތު ދީގެން ބައިވެރި ކުރާ ކަސްޓަމަރުންނެވެ. އެގޮތުން އެ ކުންފުނިން ބަލާނެ ކަންތައްތަކުގެ ތެރޭގައި އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި އެ މީހަކު ހޭދަކޮށްފައިވާ މުއްދަތާއި ނެޓްވޯކް ބޭނުން ކުރާ މިންވަރާއި ބިލް ދެއްކުމުގައި ފަރުވާތެރި މިންވަރާއި އެ މީހަކު ބޭނުން ކުރާ ޕެކޭޖު ހިމެނެއެވެ.