ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރި ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ދޫކޮށްލައިފިއެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ ސިވިލް ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.

ސިވިލް ކޯޓަށް ހާޒިރުކުރުމަށްފަހު ދާދި ދެންމެ ޖާބިރު ދޫކޮށްލާފައިވާ ކަމަށް އޭނާގެ ދަރިކަލަކު ވަނީ 'ސަން' އަށް ވިދާޅުވެފައެވެ. ނަމަވެސް ދޫކޮށްލީ ކޮން ޝަރުތުތަކެއް ކޮށްފައިކަމެއް ވިދާޅެއްނުވެއެވެ.

މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރުނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.

ސިވިލް ކޯޓުން މިފަހަކުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ފަހުން އޭނާ ފުރުމުގެ ފުރުސަތު ދިނެވެ.

އއ. މަތިވެރިއަށް މިފަހަކުން ޖާބިރު ވަޑައިގެންނެވި ދުވަހަކު ވެސް ބޮޑެތި ހަމަނުޖެހުންތަކަކާއި ކުރިމަތިލުން ތަކެއް ހިނގިއެވެ.