07 Mar 2012, 16:07
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒާ ޕޮލިޓިކަލް އެފެއާޒް ކަމަށާއި، އެމްބެސެޑާ ފޯ ހިއުމަން ރައިޓްސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ބޭފުޅުން ޢައްޔަން ކުރައްވާ އެބޭފުޅުންނަށް މަގާމުގެ ލިޔުން ދެއްވައިފި އެވެ.
އެޑްވައިޒާ ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ހާޖަރާގޭ އަޙްމަދު ތައުފީޤެވެ. އެމްބެސެޑާ ފޯ ހިއުމަން ރައިޓްސް ކަމަށް ޢައްޔަން ކުރެއްވީ، މާފަންނު ކަރިސްމާވިލާ އަޙްމަދު އިބްރާހީމްދީދީ އެވެ.