07 Mar 2012, 15:47
ނުރައްކާތެރި ފަސް މީހުން ކަމަށް ފުލުހުން ބުނާ ހ. އަގި އަސީލް އިސްމާއިލާއި ގއ. ވިލިނގިލީ ހިތިލާގޭ، މުހައްމަދު ނައްވިރާާއި މ. ކޮޅުފުށީ ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމާއި ހ. ހަމަރޯޅި، ރިލްވާން ފަރުހަތުގެ އިތުރުން ގއ. ދާންދޫ ދިލްކަޝްވިލާ، ހައުޒާން ނިޒާމުގެ ޝަރީއަތަށް ހެކިން ހާޒިރުނުވެގެން ކްރިމިނަލް ކޯޓް މިއަދު އެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މި ފަސް މީހުންގެ މައްސަލައިގައި ގާޒީ ވިދާޅުވީ ކޯޓަށް ހާޒިރުވާން ހެކިންނަށް ޗިޓް ފޮނުވުމުން ހާޒިރުވެފައިނުވާތީ ކެންސަލް ކުރެއްވީ ކަމަށާއި ބަންދުގައި ބައިތިއްބައިގެން ހެކިން ހާޒިރުކުރަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.