މި ދުވަސްވަރު ރާއްޖޭގެ ޖައްވު ނުސާފުކޮށް ފެންނަނީ، އިންޑިއާގެ ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު) އޮފީހުން ބުނެފިއެވެ.

މެޓު އޮފީހުން މިއަދު ބުނީ ހުޅަނގުން އިރު މައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސްވަރު، ހޭޒް ނުވަތަ ބަނަފިނީގެ ސަބަބުން ޖައްވު ފެންނަލެއް ވަރަށް ބޮޑަށް ނުސާފުވެފައިވާ ކަމަށެވެ.

އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުުރުވީނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ ހަތަރެއް ނުވަތަ ފަސް ކިލޯމީޓަރަށް ކުޑަވެފައިވާ ކަމަށް މެޓުން ބުންޏެވެ.

މިއީ އިންޑިއާގެ ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ދިމާވާ ކަމެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަދި މިކަން ޑިސެމްބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް ފެންނާނެ ކަމަށް ލަފާކުރެއެވެ.

މި ބަނަފިނީގެ ސަބަބުން ވާރޭ ފެން ރައްކާކުރުމުގައްޔާއި ނޭވާލާ ނިޒާމުގެ އުދަނގޫ ހުންނަ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.