މީޑިއާނެޓް މަލްޓި ސްކްރީނުން ކޮންމެ އަންގާރަ ދުވަހަކު އާ ސީރީޒް ތަކާއި ކުޑަކުދިންނަށް ހާއްސަ ކާޓޫނުތައް ބެލުންތެރިންނަށް ފެންނާނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން ބުނީ މަލްޓި ސްކްރީންގެ ބެލުންތެރިންނަށް "ޓީވީ ޓިއުސްޑޭސް"ގެ ނަމުގައި ހާއްސަ ކޮންޓެންޓުތަކެއް ކޮންމެ އަންގާރަ ދުވަހަކު ފެންނާނެ ކަމަށެވެ.

"ޓީވީ ޓިއުސްޑޭސް"ގެ ދަށުން ކޮންމެ އަންގާރަ ދުވަހެއްގަ އާ ސީރީޒް އެއް ބެލުންތެރިންނަށް ފެންނަނެއެވެ. މިދިޔަ އަންގާރަ ދުވަހު "އެންސީއައި: ނިއު އޯލެންޑްސް" ނިކުމެފަ ވާއިރު މިހަފްތާގެ އަންގާރަ ދުވަހު "އެފްބީއައި" ފެންނާނެއެވެ. އަދި މި މަހުގެ 28 ވަނަ ދުވަހު "ޑުވައިޓް އިން ޝައިނިންގް އާމާރ" ވެސް ބަލައިލެވޭނެއެވެ.

މީގެ އިތުރުން އެކި އުމުރުފުރައިގެ ކުޑަކުދިންނަށް ހާއްސަ ކާޓޫންތައް ވެސް މަލްޓި ސްކްރީން ވީއޯޑީ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މިދިޔަ ބުރާސްފަތި ދުވަހު 'ޑޯރާ ދަ އެކްސްޕޮލޯރާ'، 'ޕޯ ޕެޓްރޯލް' އަދި ޓީނޭޖް ކުދިންނަށް ހާއްސަ 'ހަންޓަރ ސްޓްރީޓް' ވެސް މިވަނީ ރިލީސްވެފައެވެ. އަދި މި ހަފްތާގަ ނިކުންނަން ހުރި ކާޓޫން ތަކު ތެރޭގަ 'ޝިމަރ އެންޑް ޝައިން'، 'ސްޕޮންގް ބޮބް' އަދި 'ދަ ލައުޑް ހައުސް' ހިމެނެއެވެ.

މީޑިއާނެޓް މަލްޓި ސްކީރަނުން ކޮންމެ އަންގާރަ ދުވަހަކު އައު ސީރީޒްއެއް ފެނިގެންދާނެ--- ފޮޓޯ/މީޑިއާނެޓް

މީގެ އިތުރުން މަލްޓި ސްކްރީނުން ކޮންމެ އާދިއްތަ ދުވަހެއްގައި ހިންދީ ފިލްމެއް ވެސް ބަލާލެވޭނެއެވެ. މި އާދިއްތަ ދުވަހު ޕްރަބޫ ދޭވާ އުޅޭ 'ޓޫޓަކް ޓޫޓަކް ޓޫޓިއާ' ޕްރިމިއަރ ވެފަ ވާއިރު، މި މަހުގެ 26 ވަނަ ދުވަހުގައި 'ރެޑް އެލަރޓް؛ ދަ ވޯ' ވިތްއިން ފެންނާނެއެވެ.

ހުރިހާ އެންމެނަށް އެކަށީގެންވާ ތަފާތު ފިލްމު، ސީރީޒް އަދި އެކި ކަހަލަ ކާޓޫންތަށް މަލްޓި ސްކްރީން ވީއޯޑީ މެދުވެރިކޮށް ބަލައިލެވޭނެއެވެ. މަލްޓި ސްކްރީން މިހާރު ފޯން، ލެޕްޓޮޕް އަދި ޓެބްލެޓް ގެ އިތުރުން ޓީވީ މެދުވެރިކޮށް ވެސް ބަލައިލެވޭނެއެވެ.

މީޑިއާނެޓްގެ ކަސްޓަމަރުންނަށް އެމްއެސް ވީއޯޑީ އަށް ހިލޭ ރަޖިސްޓާ ކުރޭވޭނެއެވެ. އަދި ރަޖިސްޓާ ކޮށްލައިގެން މިހާރު އެންމެނަށް މީޑިއާނެޓް ޕޮރޮމޯޝަންގައި ބައިވެރިވެވޭނެވެ. އެންމެނަށް މީޑިއާނެޓް ޕޮރޮމޯޝަންގައި ބައިވެރިވުމުން އައިފޯން 13 ޕޮރޯ މެކްސް، 55-އިންޗް ޓީވީ އަދި ރިސޯޓު ދަތުރެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.

އެމްއެސް ވީއޯޑީއަށް ރެޖިސްޓަރ ކޮށްލުމަށް މި ލިންކަށް ކްލިކްކޮށްލާ!https://register.medianet.mv