19 Dec 2021, 22:21
ރާއްޖެއިން އިތުރު 93 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ:
މާލެ ސަރަހައްދުން 28 މީހުން
- އަތޮޅުތަކުން 49 މީހުން
- ހިންގަމުންދާ ރިސޯޓުތަކުން 16 މީހުން
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 93،957 ކަށް ވަނީ އަރާފައެވެ.
މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1927 މީހުންގެ ތެރެއިން 14 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ.
ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 91،713 އެވެ.
ރާއްޖެއިން މިހާރު ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 259 އަށް އަރައިފައެވެ.